web analytics
ޙަބަރު

ޗައިނާގައި މުސްލިމުން އުޅެންވީ ގޮތް ކަނޑައަޅާ، ޤާނޫނެއް ފާސްކޮށްފި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ޗައިނާ އިން އެގައުމުގެ މުސްލިމުން އުޅެންވީ ގޮތާއި، މުސްލިމުން ދީނީ ކަންކަން ކުރިއަށް ގެންދަންވީ ގޮތް ބަޔާންކޮށް ޤާނޫނެއް ފާސްކޮށްފިއެވެ.

ޗައިނާގެ ދައުލަތުގެ ނޫހެއް ކަމަށްވާ “ގްލޯބަލް ޓައިމްސް” އިން ޤާނޫނުގެ މާބޮޑު ތަފްސީލެއް ނުދީ ބުނެފައި ވަނީ ޤާނޫނު ފާސްކޮށްފައި ވަނީ މުސްލިމުންގެ އަށް ޖަމާޢަތެއްގެ ރުހުން ވެސް ލިބިގެން އެޖަމާޢަތްތަކުން ބޭނުންވި ކަންކަން ހިމަނައިގެން ކަމަށެވެ. މަޝްވަރާތަކުގައި ބައިވެރިވި މުސްލިމުންގެ ޖަމާޢަތްތަކުގެ ތަފްސީލެއް ވެސް ޗައިނާ ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާގެ މިހާރުގެ ރައީސް ޒީ ޖިންޕިންގެ ވެރިކަމުގައި މުސްލިމުންނާއި މެދު ވަރަށް ހަރުކަށި ސިޔާސަތުތަކަކަށް އަމަލު ކުރަމުން އަންނަ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ. ޗައިނާގެ ކުރީގެ ރައޫސް މާއޯ ޒެޑޮންގަށް ފަހު ޗައިނާގައި ވެރިކަން ކުރަމުން އަންނަ އެންމެ ބާރު ގަދަ ވެރިއަކީ ޖިންޕިންގްއެވެ.

އިސްލާމްދީނަށް އުޅުން ފަހަކަށް އައިސް ވަނީ ޗައިނާގައި ވަރަށް ބޮޑު ބިރަކަށް ވެފައި ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. ނަމާދު ކުރުމާއި ރޯދަ ހިފުމާއި ތުނބުޅި ދިގުކުރުމާއި ބުރުގާ އެޅުމަކީ ތަފާތު އިންޒާރުތައް ކުރިމަތިވެ އަދި ބައެއް ހާލަތްތަކުގައި ފުލުހުންގެ ބަންދުގައި ވެސް ހުންނަން ޖެހިދާނެ ކަމެކެވެ.

އދ.އިން ބުނާ ގޮތުގައި ޗައިނާގައި އެއް މިލިއަން މުސްލިމުން އެމީހުން ދީނީ ވާޖިބްތައް އަދާކުރުމުން މަހްރޫމްކޮށްފައި އެބަތިއްބެވެ.

ނަމަވެސް ޗައިނާ އިން މިތުހުމަތުތައް ދޮގުކުރެއެވެ. ޗައިނާ އިން ބުނާ ގޮތުގައި މުސްލިމުންނަށް ވެސް ދީނީ ކަންކަން ކުރުމުގެ ފުރިހަމަ މިނިވަންކަން ވަނީ ދީފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޒިޔަތު ގޭބަންދަށް ބަދަލުކޮށްފި

ސުވާދީބު

މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިޔަސް ފެއިލްކޮށްލާނަން – އަބްދުﷲ ރިޔާޒް

ސުވާދީބު

އައްޑޫގެ ހުރިހާ ދާއިރާއެއްގައި އެމްޑީޕީ ޕްރައިމަރީ ބާއްވާނެ

ސުވާދީބު
Share