ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ހަގުރާމައަކަށް ތައްޔާރު ވުމަށް ޗައިނާގެ ރައީސް ޒީ އެގައުމުގެ ސިފައިނަށް އަމުރުކޮއްފިއެވެ.
ތައިވާންގެ މިލްކުވެރިކަމުގެ މައްސަލައާއި ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި އެމެރިކާއި އެކު ގުޅުން ހޯސްވެފައިވަނިކޮށް މިދިޔަ ހުކުރު ދުވަހު އެގައުމުގެ އަސްކަރީ އިސްވެރިނާއި އެކު ބޭއްވި ބައްދަލުވުމެއްގައި ޗައިނާގެ ރައީސް ވަނީ ތައިވާން އެހެން ބައެއްގެ އަތް މައްޗަށް ދޫވިޔަ ނުދިމުަށް ވެވުނު ހުރިހާ ގުރުބާނީ އެއް ވުމަށް ސިފައިންގެ ކިބައިން އެދިފައެވެ.
ޓައިވާނަކީ އަމިއްލަ ވެރިކަމެއް ހިންގަމުން އަންނަ ދައުލަތެއް ކަމުގައި ވިޔަސް، އަވަށްޓެރި ޗައިނާއިން ޓައިވާނުގެ މިނިވަންކަމެއް ޤަބޫލެއް ނުކުރެއެވެ. ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އަދިވެސް އެ ޤައުމުގެ ބައެކެވެ.
ޓައިވާނުގެ ވެރިރަށަކީ ވެސް ޓައިޕޭއެވެ. ޓައިވާނަކީ ސެމީ ޕްރެޒިޑެންޝަލް ސިސްޓަމެއް އޮންނަ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 23 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 50 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 36191 އަކަކިލޯމީޓަރެވެ.
ޗައިނާއިން ގެންދަނީ ޓައިވާނުން ފުރިހަމަ މިނިވަންކަމެއް އިޢުލާންކޮށްގެން ނުވާނެ ކަމަށް ބުނަމުންނެވެ. އަނެއްކޮޅުން ޓައިވާނުގެ ލީޑަރުން ވިދާޅުވަނީ ޗައިނާގައި އޮތް ކޮމިއުނިސްޓުންގެ ވެރިކަން ނިމުމަކަށް އައިސް ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރިއްޔާއަކަށް ވެއްޖެ ނަމަ މައި ކަރައާ ގުޅުމަކީ މައްސަލައެއް ކަމަށް ޓައިވާނުން ނުދެކޭ ކަމުގައެވެ.
ނަމަވެސް ޗައިނާގެ އިންސާނީ ޙައްޤުތަކުގެ މައްސަލަތަކާއި އެހެނިހެން ވެސް ޑިމޮކްރަސީއާ ޚިލާފު އުޞޫލުތައް އެހުރި ގޮތަށް ހުއްޓާ ޗައިނާގެ މައިކަރަ އާ ގުޅުމަކީ ޓައިވާނަށް ކުރެވޭނޭ ކަމެއް ނޫން ކަމުގައި ވެސް ޓައިވާނުގެ ވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ.
Facebook Comments