web analytics
ޙަބަރު

ޝަރުއީ ނިޒާމް އިސްލާހު ކުރުމުގެ މަސައްކަތުގައި ދެމި އޮންނާނަން: އެމްޑީޕީ

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ޝަރުއީ ނިޒާމް އިސްލާހު ކުރުމުގެ މަސައްކަތުގައި އެމްޑީޕީން ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އެމްޑީޕީން އެގޮތަށް ބުނީ ގޭންގްތަކުގެ ނުފޫޒު ކޯޓުތަކަށް އޮތް ކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވެފައިވަނީ ފަނޑިޔާރުންގެ ސެކިއުރިޓީންނަށް ގޭންގްތައް ބޭނުން ކުރުމުގެ އިތުރުން ފަނޑިޔާރުން އައްޔަން ކުރުމުގައި ގޭންގްތަކުގެ ނުފޫޒު އޮތް ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެފަދަ ކަންކަމަކީ އަދުލު އިންސާފު ގާއިމްކުރަން އޮތް ނުރައްކަލެއް ކަމަށާއި އަދި އަދުލު އިންސާފުގެ ނިޒާމާ މެދު ރައްޔިތުންނާއި ބޭރުގެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ހާމަވި އެ މައުލޫމާތަކީ ބިރުހުރި މައުލޫމާތުތަކެއް ކަމަށެވެ. އެހެންވެ، ރާއްޖޭގައި ހަމަޖެހުން ގެނެވެން އޮތީ ޝަރުއީ ނިޒާމު އިސްލާހުކޮށްގެން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

“ފަނޑިޔާރުގެ ސާފުކޮށް، އިސްލާހު ކުރުމަށް ބޭނުންވާ އެންމެހައި އެހީތެރިކަން ދީ، އެ މަސައްކަތުގައި މި ޕާޓީ ސާބިތުކަމާ އެކު ދެމި އޮންނާނެ ކަމުގެ ޔަގީންކަން އަރުވަމެވެ،” އެ ބަޔާނުގައިވެ އެވެ.

ސުއޫދު އިއްޔެ ވިދާޅުވެފައިވާ ގޮތުން އެ ކޮމިޝަނުން ބަލާ މައްސަލަތައް ތަހުގީގުކޮށް، ދައުވާ ކުރިޔަސް، މިހާރު ކަންކަން ހުރިގޮތުން އިންސާފު ލިބޭނެ ކަމުގެ އުއްމީދެއް ނެތެވެ.

ރިޔާސީ ކޮމިޝަނުން ބަލާ މައްސަލަތައް އިއްޔެ އާންމުކޮށްފައިވާއިރު، އަންނަ އަހަރު މެދު ތެރޭގައި އެ މައްސަލަތަކުގެ ތަހުގީގު ނިންމާނެ ކަމަށް އެ ކޮމިޝަނުން އިއްޔެ ބުނެފައިވެ އެވެ. އެ ތަހުގީގުތަކަށް ބޭރުގެ ފަރާތްތަކުގެ އެހީއަށް ވެސް އެ ކޮމިޝަނުން އެދިފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޑީޑީ ކަޓުވާލުމަށް ފަހު އަހުމަދު ރަޝީދު މެދު ދާއިރާގެ ޓިކެޓު ކާމިޔާބުކޮށްފި

ސުވާދީބު

ސުވާދީބު

ރާއްޖޭގެ ނަން “މޯލްޑިވްސް” އަށް ބަދަލުވިތާ 50 އަހަރު!

ސުވާދީބު
Share