ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ޝީޝާ އިން ވިއްކަމުން އަންނަ ސްކޫޕީ އައި އަކީ އަންހެން ކުދިން ވަރަށް ގަޔާވާ ސައިކަލެކެވެ. މީގެ ކުރިން ޝީޝާއިން ވިއްކަމުންދިޔަ މޫވްއަށްވުރެ ވެސް ސްކޫޕީ އައިގެ ސައިކަލުތައް މާ ކަމުދާކަމަށް ގިނަ ޒުވާން އަންހެނުން ބުނަމުން އަންނައިރު، ހޮންޑާ އިން މިހާރު މޫވް ސައިކަލު އުފެއްދުން ހުއްޓާލާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. ނަމަވެސް އެއްވެސް ފަރުވާލެއް ނެތެވެ. ސްކޫޕީ އައިގެ ސައިކަލުތައް ޒުވާނުންގެ ލޯތަކަށް މިހާރު އަމާޒުވެއްޖެއެވެ.
ޝީޝާ އިން ކުރިއަށްގެންދާ ޕްރޮމޯޝަންގައި އިންސްޓޯލްމަންޓް އިންޓެރެސްޓްގެ ގޮތުގައި އެއް ޕަސެންޓް ނަގަމުން ދިޔަ “ޒޫމާރ އެކްސް ސަޅި ޑީލް” ވެސް ކުރިއަށް ގެންދެއެވެ. އަދި މުޖުތަމައަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެމުން އަންނަ ނަރުހުންނަށާއި ޓީޗަރުންނަށް ހާއްސަކޮށް ޝީޝާއިން ސައިކަލު އިންސްޓޯލްމަންޓް މެދުވެރިކޮށް ނެގުމަށް ޙާއްސަ ޑިސްކައުންޓް ޕެކޭޖަކީ ވެސް މި ޕްރޮމޯޝަންގެ އެއް ބައެވެ.

އެގޮތުން ކުރިން އިންސްޓޯލްމަންޓް އިންޓްރަސްޓް ޕަސަންޓްގެ ގޮތުގައި ޝީޝާއިން ނަގަމުން އައި 1.5 އިންސައްތަ ވަނީ ނަރުހުންނާއި ޓީޗަރުންގެ ޕެކޭޖުގައި 1.25 ޕަސެންޓަށް ކުޑަކުރެވިފައެވެ.

އަދި މީގެ އިތުރުން، މި ޕްރޮމޯޝަން ކުރިއަށްދާ 100 ދުވަހުގެ ތެރޭގައި ސައިކަލު ބައްލަވައި ގަންނަވާ ކަސްޓަމަރުންނަށް އެ ކަސްޓަމަރު ބައްލަވައިގަންނަ ސައިކަލު ޝީޝާ ގެ އައުޓްލެޓް ނުހުންނަ ރަށަކަށް ގެންދާނަމަ “ނާލު ފައިސާ” ގެ ގޮތުގައި ދޯންޏަށް ނުވަތަ ބޯޓަށް ދެއްކުމަށް 500ރ ޝީޝާއިން ދޭނެއެވެ.
މިހިރީ ހައްތާވެސް ޝީޝާއިން ކުރިއަށް އޮތް 69 ދުވަހުގެ ތެރޭގައިވެސް ކަސްޓަމަރުންނަށްޓަކައި ކޮށްދޭނެ ކަންތައްތަކެވެ.
Facebook Comments