web analytics
ރިޕޯޓް

ސިވިލް ސާވަންޓުންގެ ހައްޤުގައި ސީއެސްސީގެ ރައީސް ބަދަލުކުރަން ޖެހޭ!؟

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރޭޝަން ކުރުމުގެ މަސައްކަތް ސިވިލް ސާވަންޓުންނަށް މަޖުބޫރުކޮށްގެން ކުރިއެވެ. ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކޮށް ބޭއްވި ސިޔާސީ އެއްވުންތަކަށް ދިއުމަށް ސިވިލް ސާވިސް މުވައްޒަފުންނަށް މަޖުބޫރު ކުރިއެވެ.ސޯޝަލް މީޑީޔާގައި ސިޔާސީ ޚިޔާލު ފާޅުކުރާ ގޮތަކުން ވަޒީފާއިން ވަކިކުރިއެވެ. ޤާނޫނުން ސިވިލް ސާވިސް މުވައްޒަފުންނަށް ކަށަވަރުކޮށްދީފައިވާ އެތައް ހައްގެއް ވަނީ ނިގުޅައިގެންފައެވެ.

މިއީ މާޒީވެދިޔަ 5 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ސިވިލް ސާވަަންޓުންނަށް ކުރިމަތިވި ގޮންޖެހުންތަކެވެ. މިހުރިހާ ފިއްތުންތަކާއި އެކު ސިވިލް ސާވަންޓުން މަސައްކަތް ކުރަމުން ދިޔައިރު ވެސް އެމީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސިވިލް ސާވިސް ކޮމިޝަން އޮތީ ނުކުޅެދިފައެވެ. ސިވިލް ސާވިލސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ގެންދެވީ ރައީސް ޔާމީނުގެ ސަރުކާރުން މުވައްޒަފުންނަށް ކުރިމަތިކުރަމުން ދިޔަ ފިއްތުންތަކަށް އެއްބާރުލުން ދެއްވަމުންނެވެ.

އެހެން ބުނަން ޖެހެނީ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކުން ފަދަ ކަންތައް ކުރަމުން ގެންދިޔައިރު އެކަމާއި ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނެ “ހައްޕު” ކިޔުއްވައިގެން ޑރ. އަލީ ޝަމީމު ހުންނެވީމައެވެ.

“ޑރ. އަލީ ޝަމީމުގެ ރައީސް ކަމުގައި ސިވިލް ސާވިސް ކޮމިޝަނުން ވަޒީފާއާއި ބެހޭ ޤާނޫނާއި ކަނޑައެޅިގެން ޚިލާފަށް އަމަލުކުރައްވަމުން ގެންދެވީ. ސާވިސް އެލަވަންސް އުނިކުރީ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައެޅުމުން އެ ފައިސާ ވެސް އަނބުރާ ނުދީ ހިފަހައްޓަނީ އަދިވެސް.” ސަރުކާރުގެ މިނިސްޓްރީ އެއްގެ އެޗްއާރުގައި މަސައްކަތް ކުރާ ބޭފުޅަކު ވިދާޅުވިއެވެ.

ސަލާމް ބުނާ ދުވަސްތަކަށް ސާވިސް އެލަވަންސުން ފައިސާ އުނިކޮށްފައިވަނީ ޤާނޫނާއި ޚިލާފަށް ކަމަށްވާތީ އެފައިސާ އަނބުރާ ދިނުމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެހެން ނަމަވެސް މިހާރު ސިވިލް ސާވިސް ކޮމިޝަނުގެ އަމާޒު ހުރީ އެ މައްސަލަ ހިފައިގެން ސުޕްރީމް ކޯޓަށް ދިއުމަށެވެ.

ރިޔާސީ އިންތިޚާބާއި ދިމާކޮށް ރީރަޖިސްޓްރީ ކުރުމަށް ސިވިލް ސާވަންޓުންނަށް މަޖުބޫރުކުރެވުނުކަމީ ދުވާލުގެ އިރުފަދައިން ކަށަވަރުވި ކަމެކެވެ. އެހެން ނަމަވެސް ޑރ. އަލީ ޝަމީމު މީޑީޔާތަކަށް ވިދާޅުވީ އެފަދަ ކަމެއް ނުހިނގާ ކަމަށެވެ.

އެނޫން އެތައް ކަމެއްގައެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ބަޖެޓަށް “ދަތިވެދާނެތީ” 2016 ވަނަ އަހަރުން ފެށިގެން ސިވިލް ސާވަންޓުންނަށް ދޭންޖެހޭ އަހަރީ ބޯނަސް ވެސް ނުދީ ވަނީ ހިފަހައްޓާފައެވެ. އޭގެ ސަބަބެއް ސިވިލް ސާވިސް ކޮމިޝަނުން ހާމައެއް ނުކުރެއެވެ.

މިފަދަ އެތައް ކަމެއް ފާއިތުވި 5 އަހަރުގެ ތެރޭގައި ސިވިލް ސާވިސް ކޮމިޝަނުން ހިންގިއިރު އެކޮމިޝަނުގެ ރައީސްގެ ހައިސިއްޔަތުން ޑރ. އަލީ ޝަމީމު އެކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެއެވެ.

ވެރިކަން ބަދަލުވުމާއި އެކު ހިމޭންކަން އިސްކުރައްވުމަކުން ސިވިލް ސާވެންޓުންގެ ހައްޤުތަކަށް ޑރ. އަލީ ޝަމީމު އަރާވަޑައިނުގަންނަވާ ކަމަކަށް ނުވާނެއެވެ. އެބޭފުޅާ ސިވިލް ސާވިސް ކޮމިޝަނުގެ ރައީސްކަމުން ވަކިކުރުމަކީ ސިވިލް ސާވެންޓުންގެ ހައްޤުގައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. އެކަން ލަސްވާ ކޮންމެ ދުވަހަކީ ސިވިލް ސާވަންޓުންގެ ހައްޤުތަކަށް އުނިކަން ލިބޭ ދުވަހެކެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރާއްޖޭގެ މުސްތަޤްބަލަށްޓަކާ ބިނާކުރާ ބިޔަ ރަށް!

ސުވާދީބު

ކޮންޓްރޯލަރ އޮފް އިމިގުރޭޝަން ފުރަތަމަ ވެސް ކުރަންޖެހޭ ކަމަކީ މަގުމަތިން ހޮވާ މީހުން ލައްވާ މަސައްކަތް ނުކުރުވޭނެ ގޮތް ހެދުން- ކެރޭނެބާ!

ސުވާދީބު

އެކަނިމާއެކަނި ދިރިއުޅޭތާ 22 އަހަރު، ބަލި އެނދުގައި އަށް އަހަރު!

ސުވާދީބު
Share