web analytics
ވިޔަފާރި

24 ގަޑިއިރަށް ވިޔަފާރިކުރަން ހުއްދަ ދިނުމާމެދު އައްޑޫ ސިޓީޣެ ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ބައްދަލުވުމެއް މިރޭ ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

24 ގަޑިއިރަށް ވިޔަފާރިކުރަން ހުއްދަ ދިނުމާމެދު އައްޑޫ ސިޓީޣެ ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ބައްދަލުވުމެއް މިރޭ ބޭއްވުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އިން ރައްޔާރުކޮށްފައިވާ “24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުއްދަ ދިނުމުގައި ޢަމަލުކުރާނެ އުސޫލު” އަށް އާންމުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުންތައް މިރޭ އޮންނާނެ ކަމަށެވެ.

އެގޮތުން ފޭދޫ އާއި މަރަދޫފޭދޫގެ އިތުރުން މަރަދޫ އާއި ހިތަދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން އޮންނާނީ މިރޭ 20:30 ގައި ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ކަމަށާއި، ހުޅުދޫ އާއި މީދޫ ރައްޔިތުންނަށް ބާއްވާ ބައްދަލުވުން އޮންނާނީ މިރޭ 20:30 ގައި ހުޅުމީދޫ އަތޮޅު މަދަރުސާގައި ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

އަދި މި ބައްދަލުވުންތަކުގައި ބައިވެރިވުމަށް އައްޑޫ ސިޓީގެ ހުރިހާ ވިޔަފާވެރިންނާއި އާއްމު ފަރުދުންނަށް ވެސް ދައުވަތު އަރުވާ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މީގެ ކުރިން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދީފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ނަމަވެސް “ކުށް މަދުކުރަން” ކަމަށް ބުނެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމުގައި ވަނީ 24 ގަޑިއިރު ވިޔާފާރިކުރުން މަނާކޮށްފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ދައުލަތުން އެޑްވާންސްގެ ގޮތުގަ ކުންފުނިތަކަށް ދޫކޮށްފައިވާ ފައިސާއިން ގެއްލިގެން ދިއައީ ކިތައް ބިލައަންކަން ހޯދިދާނެތޯ؟

ސުވާދީބު

އެފްރިކާ އިން ގަމަށް ދަތުރުތައް ފަށައިފި

ސުވާދީބު

މާމިގިލީ އެއާޕޯޓުގައި ހިނގި އެކްސިޑެންޓުގައި އެކަކު ނިޔާވެއްޖެ

ސުވާދީބު
Share