ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ
ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ 300 މިލިއަން ރުފިޔާގެ ބޮޑު މަރާމާތަކަށް ފަހު، އާ ރިސޯޓް ދައްކާލައިފި އެވެ.
އެ ރިސޯޓް އަލުން ޑިޒައިން ކޮށްފައި ވަނީ ރާއްޖޭގެ ސަގާފަތާއި ޒަމާނީ ކަންކަން އެއްކޮށްލައިގެން، ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ ބުޓީކް މަލްޓި ޑިސިޕްލިނަރީ ޑިޒައިން ޕްރެކްޓިސް އެވެ.
ކ. ފުރަނަފުށީގައި ތަރައްގީ ކޮށްފައިވަނީ ޝެރަޓަން ރިސޯޓަކީ ފަސް ތަރީގެ ފެންވަރުގައި 176 ވިލާ އާއި އެކު ހިންގަމުން އަންނަ ރިސޯޓެކެވެ. އޭގެ އިތުރުން އެ ރިސޯޓުގައި ހަތް ރެސްޓޯރަންޓާއި، ބާތަކާއި، ޝައިން ސްޕާ އަދި ތިން ސުވިމިން ޕޫލް ހިމެނެ އެވެ.

މަރާމާތަށް ފަހު، ޝެރަޓަން އިން ޖާގައިގެ ތަނަވަސް 10 ފެންވަރުގެ ވިލާ ވަނީ ޓޫރިސްޓުންނަށް ހުޅުވާލައިފަ އެވެ. އެގޮތުން ޑިލަކްސް ކޮޓެޖް، ކޮޓެޖް ވޯޓަ ބަންގަލޯއާއި ސުވިމިން ޕޫލް އާއި އެކު ފަރުމާ ކުރި ބަންގަލޯ ހިމެނެ އެވެ.
ޝެރަޓަން އިން ބުނި ގޮތުގައި ޕޫލް އާ އެކު ފަރުމާކުރި ބަންގަލޯތަކަކީ އާއިލާތަކް ހާއްސަ ކޮށްގެން ތަރައްގީކޮށްފައިވާ ތަނެއް ކަމަށެވެ. އެގޮތުން ކުޑަކުދިން ރައްކާތެރިކަމާއެކު މަޖާ ކުރުމަށް އެ ޕޫލް ބޭނުން ކުރަން ވަރަށް ރަނގަޅުވާނެ ކަމަށް ޝެރަޓަން އިން ބުންޏެވެ.

ޝެރަޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލޯންޗެއްގައި 15 މިނެޓުން ދެވޭ ރިސޯޓެކެވެ.
Facebook Comments