web analytics
ޙަބަރު

އަދީބަށް ފަރުވާ ލިބޭނެ، ހައްގުތަކެއް ނުހިފަހައްޓާނަން: އިމްރާން

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ސިއްހީ ސަބަބުތަކަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލުގައި ނުބަހައްޓާ ގޭބަންދަށް ބަދަލުކުރުމަށް ފަހު އަނބުރާ ގެންދިޔައީ ގޭގައި ބަހައްޓަން ޑޮކްޓަރު އިތުރަށް ލަފާ ދެއްވާފައިވާ ނުވާތީ ކަމަށާއި ޖަލަށް ގެންދިޔަ ނަމަވެސް ފަރުވާގެ ކަންކަން ބަލަހައްޓާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އެހެންވެ ދީފައިވާ މުއްދަތަށް ވުރެ ނުވަ ދުވަސް ފަހުން ރޭ އަދީބު ވަނީ ޖަލަށް ބަދަލުކޮށްފަ އެވެ.

އިމްރާން ވިދާޅުވީ މި ސަރުކާރުން އެއްވެސް މީހެއްގެ އިންސާނީ ހައްގު ގާނޫނާ ހިލާފަށް ނުހިފައްޓާނެ ކަމަށެވެ.

“ހަމަޖެހިފައިވާ އުސޫލުން ދައުލަތުން ފަރުވާގެ ކަންކަން ބަލަހައްޓާނެ،” މިނިސްޓަރުގެ ޓްވީޓުގައި ވެ އެވެ.

އިމްރާންގެ ޓްވީޓް

ހާލު ސީރިއަސްވެ އައިޖީއެމްއެޗްގެ އިމަޖެންސީގައި އަދީބަށް ފަރުވާ ދޭން ފެށީ ނޮވެމްބަރު 9، 2018ގަ އެވެ. އެއަށްފަހު އެ މަހުގެ 27 ވަނަ ދުވަހު ވަނީ އޭނާ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

ޖަލަށް ބަދަލުކުރުމުން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަދީބު ގޭ ބަންދަށް ބަދަލުކުރީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުނުކޮށް، މުއްދަތު ހަމަވުމުގެ ކުރިން އަދީބު ގެންދިއުމަކީ ދެފުށް ފެންނަ ސަރުކާރުން ކުރި ވަރަށް ޒާތީ، ލާއިންސާނީ އަދި އަނިޔާވެރި އަމަލެއް ކަމަށް ވިދާޅުވި އެވެ.

ނަޝްވާގެ ޓްވީޓް

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގުމުގައި އިސްކޮށް ހުންނެވި އެއް ވެރިޔާ ކަމަށް ތުހުމަތުކުރެވޭ އަދީބު ގެޔަށް ބަދަލުކުރުމާ އެކު ވަނީ އޭނާ އިސްވެ ހުންނަވައި މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އުފައްދަވައިފަ އެވެ. އަދި އެ ޕާޓީގެ ރައީސަކަށް އޭނާ ވަނީ އައްޔަންކޮށްފަ އެވެ.

ނަމަވެސް އިލެކްޝަންސް ކޮމިޝަނުން އަންގާފައި ވަނީ، ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނޫން އެހެން މަގާމެއް އަދާނުކުރެއްވޭނެ ކަމަށެވެ.

ހޯމް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ގޭގައި ބަހައްޓަން ޑޮކްޓަރުން ދީފައިވާ މުއްދަތު ހަމަވުމުން، އަދީބު އަނބުރާ ޖަލަށް ގެންދާނެ ކަމަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރުމަސް ހާއްސަ ކޮމެޓީއެއް ރައީސް ސާލިހު އުފައްދަވައިފި

ސުވާދީބު

މަތިންދާ ބޯޓެއްގެ ތެރެއަށް ކުއްޖަކު ވިހެއުމުން، މަތިންދާ ބޯޓުގެ ނަންވެސް ބަދަލުކޮށްފި

ސުވާދީބު

މަދަޙަ ކިޔުމުގެ ރޮނގުން އައްޑޫން އުފެދެމުން އަންނަ ރަންއަޑުތަކެއް

ސުވާދީބު
Share