web analytics
ޙަބަރު

ގާނޫނުން ލާޒިމު ނުކުރިޔަސް ރައީސް އޮފީހުގެ ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން އާންމުކުރަނީ!

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ރައީސް އޮފީހުގެ އެކިއެކި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާން އަންނަ ހަފްތާގައި އާންމުކުރައްވާނެ ކަމަށް އެ އޮފީހުން ބުނެފިއެވެ.

އާ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރެއިން ފުރަތަމަ 30 ދުވަހުގައި ހާސިލުވި ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، އޭސީސީއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ މަޝްވަރާއާއެކު، އެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާން އާންމުކުރަން ނިންމަވާފައިވާ ކަމަށެވެ.

މާލީ ބަޔާނުގައި ހިމަނަންޖެހޭ ކަންކަމުގެ މަޝްވަރާ އެ މުއައްސަސާތަކުން ހޯދަމުންދާ ކަމަށްވެސް ހޫދު ވަނީ ވިދާޅުވެފައެވެ.

ސިޔާސީ މަގާމުތަކަށް އައްޔަންކުރާ ފަރާތްތަކުގެ މާލީ ބަޔާނާއި ކުށުގެ ރެކޯޑް ސާފު ކުރުމަށް ހާއްސަ ފޯމެއް ރައީސް އޮފީހުން ވަނީ ތައާރަފްކޮށްފަ އެވެ.

ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކު އަހަރަކު އެއްފަހަރު އެ ބޭފުޅުންގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތުތަކާއި، އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މާލީ ބަޔާން އޮޑިޓަރ ޖެނެރަލް އަށް ހުށައެޅުމަށް ޤާނޫނު އަސާސީގެ 138 ވަނަ މާއްދާ އިން ވަނީ ލާޒިމުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ވެސް ކޮންމެ އަހަރަކު މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށް ގާނޫނުއަސަސީގެ 120 ވަނަ މާއްދާގައި ވަނީ ބުނެފައެވެ. ނަމަވެސް ސިޔާސީ އެހެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މާލީ ބަޔާން ހުށަހެޅުމަކީ ގާނޫނު ލާޒިމުކޮށްފައިވާ ކަމެއް ނޫނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު

ސުވާދީބު

އަދީބަށް އެމަޖެންސީގައި ފަރުވާދޭން ފެށުމުން އިމްރާން ކުރިކަމަކީ އިރުޝާދާ ހިފާލަށް ޖަލަށް ގެންދިއުން – ނަޝްވާ

ސުވާދީބު

ރައްޔިތުންގެ މަޖިލިސް ގޮނޑިތަކުގެ މައްސަލާގައި ރައީސް ސޯލިހް ވަކި ޕާޓީތަކާއެކު މަޝްވަރާކުރައްވައިފި

ސުވާދީބު
Share