web analytics
ޙަބަރު

ތަރައްގީކުރަން ބުނި އާޓިފިޝަލް ބީޗް ޕާކިން ޒޯނަކަށް ވެފައި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

މޫދަށް އެރި އާއިލާތަކުން ހިތްހަމަޖައްސާލަން ގޮސް އުޅުނު އާޓިފިޝަލް ބީޗް ސަރަހައްދު ޕާކިން ޒޯނަކަށް ބަދަލުވެ ހިތްފަސޭހަކަން ގެއްލުމުން އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.ސިނަމާލެ ބްރިޖާއެކު ބޮޑުތަކުރުފާނު މަގުގެ ބައެއްގައި ތާރު އަޅައި ހައިވޭއަކަށް ބަދަލުކުރުމުން އެ މަގުގައި ޕާކް ކުރުން ވަނީ މަނާކޮށްފަ އެވެ. އެއާ އެކު، ކާރާއި ޕިކަޕާއި ހެވީ ވެހިކަލްތައް ވެސް މިހާރު ޕާކް ކުރަނީ ބީޗު ތެރޭގަ އެވެ.

އެ އުޅަނދުތައް ނަގަން ކުރީގެ ސަރުކާރުން އޮކްޓޫބަރު މަހު އިއުލާން ކުރި ނަމަވެސް އެކަން ކޮށްފައެއް ނުވެ އެވެ. ކުޑަކުދިން ކުޅެ އުޅުމަށް ބީޗްގައި ސްޓޭޖް ހުރި ސަރަހައްދުން ހާއްސަ ކޮށްފައިވާ ތަނުގައި ވެސް ހުރީ ވެހިކަލްތައް ޕާކްކޮށްފަ އެވެ. ސްޓޭޖް ތަލާލާފައިވާއިރު އެ ތަންވެސް ބޭނުން ކުރަނީ ޕާކް ކުރުމަށެވެ. ޕާކް ކުރުމުގެ އިތުރުން ވެހިކަލްތައް ދޮވުމާއި މަރާމާތު ކުރުމުގެ ކަންކަން ވެސް އެތަނުގައި ކުރެ އެވެ.

ބީޗް ސަރަހައްދުގައި ޕާކް ކޮށްފައިވާ ވެހިކަލެއް ސާފުކުރަނީ– ފޮޓޯ: ނިޝާން އަލީ/ މިހާރު

ޒަމާނީ ފެންވަރަށް، ފަސް މަސް ދުވަހުގެ ތެރޭގައި އާޓިފިޝަލް ބީޗް ތަރައްގީކުރަން، ކުރީގެ ސަރުކާރުން 13 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިދިޔަ އަހަރުގެ މޭ މަހު ވަނީ ހަވާލުކޮށްފަ އެވެ. އާޓިފިޝަލް ބީޗްގައި ހިންގަމުންދިޔަ ކެފޭތައް ބަންދުކޮށް އެތަނުގައި އަޅާފައިވާ ސްޓޭޖް ތަޅާލާފައިވަނީ އެ ސަރަހައްދު ތަރައްގީ ކުރަން ކަމަށް ބުނެ އެވެ. ނަމަވެސް މިހާތަނަށް ވެސް ތަރައްގީގެ އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

ބީޗް ތަރައްގީކުރުމުގެ މަސައްކަތް ނުހިނގާ ސަބަބާ ގުޅޭގޮތުން އެމްޓީސީސީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ކުރީގެ ސަރުކާރުގައި ހައުސިން މިނިސްޓްރީން އެ ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު މި ސަރުކާރުގެ ހައުސިން މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓްގެ ކަންކަން ބަލަހައްޓާނީ ޕްލޭނިން މިނިސްޓްރީން ކަމަށެވެ. އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަށް ވެސް އަދި އެހެން ބޭފުޅަކަށް ނުގުޅޭތީ އެ މިނިސްޓްރީގެ ބަހެއް ވެސް ނުލިބުނެވެ.

ބީޗް ސަރަހައްދުގައި ގިނަ އަދަދެއްގެ ވެހިކަލް ޕާކްކޮށްފައި– ފޮޓޯ: ނިޝާން އަލީ/މިހާރު

މާފަންނުގައި ހަދާފައިވާ ރަސްފަންނު ގޮތަށް ހެންވޭރު ބީޗް ތަރައްގީކުރަން ހަވާލުކުރީ ކުޑަ ޖަހައި ހޮޅުއައްޓާއި އުނދޯލި ވެސް ބަހައްޓާ ގޮތަށެވެ. މޫދަށް އެރޭ ސަރަހައްދު ކޮނެ، އިތުރަށް ބޮޑުކުރާނެ ކަމަށް އޭރު ހައުސިން މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން އައުޓްޑޯ ޖިމަކާއި ކެފޭ އާއި އޯޕަން ޝަވާ ވެސް ބަހައްޓާނެ ކަމަށް ބުނެފައިވެ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އަފްރާޝީމް، ރިލްވާން އަދި ޔާމީންގެ މައްސަލައިގެ މައުލޫމާތު ހިއްސާކުރުމަށް އެދިއްޖެ

ސުވާދީބު

ބިދޭސީންނާ ގުޅޭ ކަންކަން ކުރުމަށް ނަގާނީ އާ މުވައްޒަފުން: އިކޮނޮމިކް މިނިސްޓްރީ

ސުވާދީބު

އަޒިމާގެ ޕާސްޕޯޓް ހިފަހައްޓާފައެއް ނުވޭ: އިމިގްރޭޝަން

ސުވާދީބު
Share