web analytics
ޙަބަރު

ދަރިން ނުފެނި ހިތާމަވެރި ދިރިއުޅުމެއް އުޅެމުންދާ ދިވެހި މަންމައެއްގެ އިހްސާސްތައް

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ދެދަރިންނާއި ބައްދަލުނުވެ، އެކަމުގެ ސަބަބުން އެތައް ހިތާމައެއް ބަރުދާސްތު ކުރަން ޖެހިފައިވާ ދިވެހި މަންމައަކު އޭނާގެ އިހްސާސްތައް ފޭސްބުކްގައި ލިޔުމުން ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ސައްލާމާ ފާތިމަތު ނަމަކަށް ކިޔާ އަންހެނަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ 12 އަހަރާއި ހައަހަރާއި ދެމެދުގެ ދެކުދިން އެއްވެސް ގޮތަކަށް ނުފެންނަތާ މިހާރު ދެމަސް ދުވަސް ވެފައިވާ ކަމަށެވެ.

ބައްޕަގެ ބެލުމުގެ ދަށުގައި ތިބި ދަރިން ހޯދަން ކޯޓަށް މިދިޔަ ޖަނަވަރީ މަހު މައްސަލަ ހުށަހެޅި ފަހުން ދަރިންނާއި ބައްދަލު ކުރަން ފުރުސަތު ލިބުނު ވަރު އިނގިލިން ގުނާލެވޭނެ ކަމަށް ވެސް ސައްލާމާ ލިޔެފައިވެއެވެ.

“އަހަރެންނަށް އެކުދިންނާއި ބައްދަލު ކުރަން ފުރުސަތު ލިބުނަސް އަބަދުވެސް ކައިރީގައި މީހަކު ހުރެއެވެ. އަހަރެންނަށް ދަރިންނާއި އެކު އެކަނިވެލަން ފުރުސަތެއް ނުލިބެއެވެ. ދަރިންނާއި އެކު އެއްވެސް ތަނަކަށް ދިއުން އަހަރެންނަށް މަނަލެވެ.” ދަރިންގެ މަންމަ ލިޔެފައި ވެއެވެ.

އޭނާ ބުނީ ދަރިންނާއި ބައްދަލު ކުރުމަށް އޭނާ އަށް ދަރިންގެ ބައްޕަ ހުރަސް އަޅަނީ އޭނާ އަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ކަމަށް ބުނެއެވެ.

“އަހަރެންނަކީ ޑިޕްރެޝަން ހުންނަ މީހެއް ކަމަށް ބުނެ މުހައްމަދު އިސްމާއިލް ވަނީ ވާހަކައެއް އުފައްދާފައެވެ. ވަރިވުމުގެ މަރުހަލާގައި އޭނާ އެއްވެސް ވަރަކަށް ނުދައްކާ ވާހަކައެއް މާފަހުން އުފަން ކުރުވައިގެން އުޅެނީ ކީއްވެތޯ ސުވާލު އުފެދެއެވެ.” މަންމަ ބުންޏެވެ.

އޭނާ ބުނީ މިދިޔަ ޖަނަވަރީ މަހުން ފެށިގެން ދަރިން ހޯދަން މައްސަލަ ކޯޓަށް ހުށަހެޅި ނަމަވެސް އެމައްސަލަ އަދިވެސް ނުނިމެއެވެ. ފެމިލީ ކޯޓުގައި މައްސަލަ ކުރިއަށް ނުދިއުމުން މައްސަލަ އަނބުރާ ގެނެސް ހުޅުމާލޭ ކޯޓަށް ހުށަހެޅި ކަމަށާއި ނަމަވެސް ހުޅުމާލޭ ކޯޓަށް ބައްޕަ ހާޒިރުނުވެ މައްސަލަ ދިގުދެންމި ކަމަށް ކުދިންގެ މަންމަ ބުނެއެވެ. އަދި އެންމެ ފަހުން މައްސަލަ ކޯޓުން ބޭރުކޮށްލާފައިވާ ކަމަށާއި އިންސާފު ހޯދަން އޭނާ އެއްކޯޓުން އަނެއް ކޯޓަށް ހިނގަމުން އަންނަތާ އެތައް ދުވަހެއްވި އިރުވެސް އިންސާފު ނުލިބުނު ކަމަށް ލިޔެފައި ވެއެވެ.

މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ވެސް ހުށަހަޅާފައި ވާނެ ކަމަށާއި ނަމަވެސް މިނިސްޓްރީ އިން އަޅައިނުލި ކަމަށް އޭނާ ބުނެއެވެ.

ސިޔާސީ މީހުންނަށް އިންސާފު ލިބިދާނެ ކަމަށާއި ނަމަވެސް އޭނާ ފަދަ ނިކަމެއްޗަކަށް އިންސާފު ނުލިބެނީ އެއީ ނުފޫޒުގަދަ މީހަކަށް ނުވުމުންތޯ ވަނީ ސުވާލު ކޮށްފައެވެ.

“އަހަރެންގެ ފެންވަރުން އިންސާފު ހޯދަން އަހަރެން ކޯޓުތަކަށާއި އެހެންތަންތަނަށް ހުށަހަޅައިގެން މަސައްކަތް ކޮށްފީމެވެ. ނަމަވެސް އަހަރެންނަށް އަހަރެންގެ ދަރިން ނުފެނި އަހަރެއް ވަނީއެވެ.” ކުދިންގެ މަންމަ ބުންޏެވެ.

އޭނާގޭ ފޭސްބުކް ޕޯސްޓް 400 އަށް ވުރެ ގިނަ މީހުން ޝެއާ ކޮށްފައި ވާއިރު ގިނަ ބަޔަކު ވަނީ ކުދިންގެ މަންމަ އަށް ކުދިންނާއި ބައްދަލު ކުރަން ފުރުސަތު ހޯދައި ދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އިމާރާތަކުން ވެެއްޓުނު ބާލިދީއަކުން ޖެހި އަންހެނަކަށް އަނިޔާވެއްޖެ

ސުވާދީބު

ކުޑަކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

ސުވާދީބު

ޔާމީންގެ އެކައުންޓު ފްރީޒު ކުރި މައްސަލައިގެ ޝަރީއަތް ސިއްރުކޮށްފި

ސުވާދީބު
Share