web analytics
ސިޔާސީ

ޕީޕީއެމްގެ އާ އެސްޖީއަކަށް މަތީން

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ޕީޕީއެމްގެ އާ ސެކެޓްރީ ޖެނެރަލްއަކަށް ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އެންވެރޮމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ މަތީން ހަމަޖައްސަވައިފިއެވެ.

މަތީން އެ މަގާމަށް ހަމަޖައްސަވާފައި ވަނީ އެ ޕާޓީން މިރޭ ކުރިއަށްގެންދާ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. މަތީން ވަނީ މިރޭ ޕީޕީއެމްއަށްވެސް ސޮއިކޮށްފައެވެ.

މަތީން އެ މަގާމަށް ހަމަޖެއްސީ އެ ޕާޓީގެ އެސްޖީއަކަށް ކުރިން ހުންނެވި މުހައްމަދު ހުސައިން ޝަރީފް (މުންދު) އެ ޕާޓީގެ އެސްޖީގެ މަގާމުން އިސްތިއުފާ ދެއްވާ، ޕީއެންސީއާއި ގުޅިވަޑައިގެންނެވުމުންނެވެ.

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަމުން ގެންދަވާއިރު، އެ ޕާޓީގެ މިލްކުވެރިކަމުގެ މައްސަލަ އަދިވެސް ކޯޓުގައި ކުރިއަށް އެބަދެއެވެ. އަދި އެ މައްސަލައިގެ ތެރެއަށް ވަނުމަށް ކުރީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމް ނިންމާފައެވެ.

ސްޕްރީމް ކޯޓުގައި ޕީޕީއެމްގެ މައްސަލަ އޮތް އިރު، މިހާރު އެޕާޓީގެ ލީޑަރު، ކުރީގެ ރައީސް ޔާމީނާއި، އޭނާއަށް ތާއިދުކުރާ މެމްބަރުން ދަނީ އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމަށްވާ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲ ވަނީ އިލެކްޝަންސްއިން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނަގައި، ފޯމްވެސް ފުރިހަމަކޮށް ހުށަހަޅާފައެވެ.

ރައީސް ޔާމީން ބުނެފައި ވަނީ އާޕާޓީއެއްގެ މަސައްކަތް ކުރަމުންދަނީ ކޯޓުގައި އޮތް ޕީޕީއެމްގެ މައްސަލަ ވަކި ގޮތަކަށް ނުނިމި އޮތުމުން ކަމަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އަޅުގަނޑު “ހޭވި” ހަޑި އަދިވެސް މިއުޅެނީ ސާފުނުވެގެން: ޔާމީން

ސުވާދީބު

މަޖްލިސް އިންތިހާބަށް ކެންޑިޑޭޓުން ނެރޭނަން: ހަސީން

ސުވާދީބު

ސާމާލުވޭ! ބޭރަށް ހިންގުމާއި ރޯގާ ދަނީ އިތުރުވަމުން! ސޭޓްގެ މޮޅު ހެލްތް މިނިސްޓަރ ބޮޑުތަނުން ފެއިލްވީޔޯ

ސުވާދީބު
Share