web analytics
ސިޔާސީ

80 ދާއިރާއަށް ވާދަކުރުމަށް 180 މީހުން ކުރިމަތިލާފައިވޭ: އެމްއާރްއެމް

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ކުރިއަށް އޮތް ރައްޔިތުންގެެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު 80 ދާއިރާއަށް ވާދަކުރުމަށް 180 މީހުން ކުރިމަތިލާފައިވާ މައުމޫން ރިފޯމް މޫވްމެންޓު (އެމްއާރްއެމް) ބުނެފިއެވެ.

އެމްއާރްއެމްގައި އިސްކޮށް އުޅުއްވާ އަބްދުލް އަލީމް ރާއްޖޭގެ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރިމަތިލާފައިވާ ފަރާތްތަކާއި އިންޓަވިއު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި 80 ދާއިރާ އަށް މީހުން ކުރިމަތިލާފައިވީ ނަމަވެސް ކަންތައްތައް ދިމާވާގޮތުން 17 ދާއިރާއަަށް ވާދަކުރަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

“އަޅުގަނޑުމެން ދަންނަވަމުން މި އަންނަނީ ސަރުކާރު ކޯލިޝަންގައި އެމްއާރުއެމް ހިމެނޭކަން. އަދި ފަހަރުގައިވާ ގޮތުން ނުކުމެވޭނީ 17 ދާއިރާ އަށް ކަން ވެސް” އަލީމު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި މިހާރު އޮތް ޕީޕީއެމްގެ މިލްކުވެރިކަމުގެ މައްސަލަ މައުމޫން ކޮޅަށް ނިންމައިފިނަމަ، ކެންޑިޑޭޓުން ނުކުންނާނީ ޕީޕީއެމްގެ ޓިކެޓްގައި ކަމަށާއި ނަމަވެސް ޕާޓީ އަނބުރާ ނުލިބިއްޖެނަމަ ނުކުންނާނީ އަމިއްލަ ކެންޑިޑޭޓުންގެ ގޮތުގައި ކަމަށް ވެސް އަލީމު ވިދާޅުވިއެވެ.

އެމްއާރުއެމްގެ ފަރާތުން މަޖިލީހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ ފަސް ވަނަ ދުވަހުއެވެ.

މަޖިލީހުގެ ގޮނޑިތައް ބެހުމުގެ މައްސަލާގައި ސަރުކާރު ކޯލިޝަނުގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުޅޭއިރު، ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ ކަމަށްވާ އެމްޑީޕީން ވަނީ މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާ އަށް ވާދަކުރަން ނިންމާފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރައީސް ޔާމީން ޖަލަށްލީ ޝަރީއަތަށް ސިޔާސީ ނުފޫޒު ފޯރުވައިގެން – އީސީއާރު

ސުވާދީބު

ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަންޖެހޭ

ސުވާދީބު

ޕީޕީއެމް ލީޑާޝިޕް މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ

ސުވާދީބު
Share