web analytics
ޙަބަރު

ޒިނޭއާއި ގުޅިގެން ދެއްކި ވާހަކަ އޮޅިވަޑައިގަންނަވާނަމަ މަޢާފަށް އެދެން – ނަޝީދު

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ޒިނޭއަށް ހިތްވަރު ދިނުމަކީ އެއްގޮތަކަށްވެސް ބާރު އަޅާ ކަމެއް ނޫންކަމަށާއި އެކަމާ ގުޅިގެން ދެއްކި ވާހަކަ އޮޅިވަޑައިގެންފައިވާނަމަ މަޢާފަށް އެދިވަޑައިގަންނަވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިހެން މިއަދު ވިދާޅުވީ ދާދިފަހުން އޭނާ ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު މެންދުރުފަހު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކައިވެނިން ބޭރުން ދަރިން ލިބި، އެކުދިންނަށް ލިބޭ ނިކަމެތިކަމާއި ބާރުގަދަ މަސްތުވާތަކެތި ބޭނުން ކުރުމާ ގުޅިގެން އޭނާ ދެއްކެވި ވާހަކަފުޅު އެތައް ބަޔަކަށް އޮޅިވަޑައިގެންފައިވާކަމުގައެވެ.

ދާދިފަހުން ބޭއްވި އެމްޑީޕީގެ ކެމްޕޭން އެއްވުމެއްގައި ނަޝީދު ވިދާޅުވީ ކައިވެނި ނުކޮށް ދަރިން ހޯދާ މައްސަލައަށް އޮތް ހައްލަކީ ކުއްޖާގެ މަންމަ އަށް ބާތު ކޮންޓްރޯލް ކުރެވޭ ގޮތް ހެދުން ކަމަށެވެ. ނަމަވެސް މިހާރު އޮންނަ ގޮތުން ކައިވެނިނުކޮށް ތިބޭ އަންހެނުންނަށް ބާތު ކޮންޓްރޯލް ނުކުރެވޭ ކަމަށާއި އެއީ އެކަން އޮންނަންވީ ގޮތް ނޫން ކަމަށެވެ.

ހަމައެހެންމެ، ކައިވެނީގެ ބޭރުން ދަރިން ހޯދަނީ ފިރިހެން މީހާގެ ވެސް ބޭވަފާތެރިކަމެއް އޮވެގެން ކަމަށެވެ. ނަމަވެސް އެކަމަށް އޮތް ހައްލަކީ އަންހެނުން ނުވިހާ ގޮތް ހެދުންކަމެއް ނަޝީދު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ދީނީ އިލްމުވެރިންނާއި އާއްމުންގެ ފާޑު ކިޔުން އޭނާއަށް އަމާޒުވިއެވެ. އެގޮތުން، މިއީ ނުސީދާ ކޮށް ޒިނޭއަށް ހިތްވަރު ދިނުންކަމަށާއި، މިއީ ލާދީނީ ވާހަކައެއްކަމަށް އެތައް ފަރާތްތަކުން ދަނީ އަދިވެސް ބުނަމުންނެވެ.

ނަޝީދު ވަނީ މީގެކުރިންވެސް، މިފަދަ ލާދީނީ އެކި ވާހަކަތައް ދައްކަވާފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ސ.ހިތަދޫ އުތުރުދާއިރާއަށް ހިތްވަރުގަދަ ޒުވާން ތައުލީމީ އިބުރާހިމް ޝާން މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަނީ

ސުވާދީބު

ހޮސްޕިޓަލެއްގެ އިހުމާލުން މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ލޭ އަޅައިފި

ސުވާދީބު

ސައިންސާއި ޓެކްނޮލޮޖީ އަށް ދިވެހިން ތަމްރީނު ކުރަން ލަފާދީފި

ސުވާދީބު
Share