web analytics
ޙަބަރު

އުގައިލްގެ ދެ ސޮފްޓްވެއާ މަރު ކޮމިޝަނުގެ ތަހުގީގުތަކަށް؟

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

މަރުވެފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ތަހުގީގަށް، މޫނު ދެނެގަންނަ ސޮފްޓްވެއާ އާއި މީހުން ދޮގު ހަދާކަން ދެނެގަންނަ ސޮފްޓްވެއާގެ އެހީ ފޯރުކޮށްދޭނެ ކަމަށް ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގެއިލް މިއަދު ވިދާޅުވެއްޖެ އެވެ.

 

އުގެއިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އުފެއްދި އެ ދެ ސޮފްޓްވެއާގެ އިތުރުން މީހުންގެ އަމަލުތައް ހުންނަ ގޮތް ބެލުމަށް ފަހު، މީހުން ދެނެގަތުމަށް ހަދާފައިވާ ސޮފްޓްވެއާއެއް ވެސް ބޭނުން ކުރުމުގެ ފުރުސަތު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ދޭނެ ކަމަށެވެ.

އުގެއިލް ކުރެއްވި ޓްވީޓް

“[މި މައްސަލަތަކުގައި] ނުފުރޮޅާ އެއްވެސް ގަލެއް ބާއްވައިގެން ނުވާނެ. ރައްޔިތުން މި މަައްސަލަތަކުގައި ބޭނުންވަނީ ތެދު ހަގީގަތް. ތެދަށް ވުރެ ދަށް މިންވަރެއް ނޫން،” އުގެއިލް ވިދާޅުވި އެވެ.

މަރުވެފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އަންނަނީ 24 މައްސަލައެއް ތަހުގީގު ކުރަމުން ނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަދި ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަށްނަގާފައިވާ މައްސަލަ ހިމެނެ އެވެ.

އުގެއިލް އީޖާދު ކުރި “ހޭލޯ” ނަމަކަށް ކިޔާ ފޭސް ރެކޮގްނިޝަން ސޮފްޓްވެއާގެ އެހީގައި ވަރަށް ނުސާފުކޮށް ހުންނަ ސީސީޓީވީ ފުޓޭޖްތައް ބޭނުންކޮށްގެން ވެސް، އެއިން ފެންނަ މީހުން ރަނގަޅަށް ދެނެގަނެވެ އެވެ. އަދި އެ ސިސްޓަމް މެދުވެރިކޮށް މީހުން ދެނެގަންނަން ނަގާނީ އެންމެ ފަޅި ސިކުންތެއް ކަމަށް ވެސް އުގެއިލް ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން ވެސް އުގެއިލް ވަނީ ބްލޮގަރު ޔާމިން މަރާލި މައްސަލައިގައި އޭނާގެ އެހީތެރިކަން ފުލުހުންނަށް ދޭނެ ކަމަށް ވިދާޅުވެފަ އެވެ. އެހެން ނަމަވެސް ފުލުހުން އޭރު އޭނާގެ އެހީއެއް ގަބޫލެއް ނުކުރި އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކަރަންޓުގެ އަގު ލަހެއް ނުވެ ހެޔޮކުރާނެ: ފެނަކަ

ސުވާދީބު

ނާޒިމާ – ކުރާނެ، އިސްނަގާނެ، ދާއިރާގެ އަޑު އުފުލާނެ

ސުވާދީބު

ކޮޅުނބުގެ އެމް.ޑީ.ޕީ ޖަގަހަ މުނާފިގުންގެ ކިބައިން ސަލާމަތް ކުރުމަށް އެކްޓިވިސްޓުންގެ ޕެޓިޝަނެއް!

ސުވާދީބު
Share