web analytics
ް މުނިފޫހި ފިލުވުން

96 ކިލޯގެ ސާރާ ހިކިފައި ހުއްޓާ ފެނުމުން އޭނާގެ މަންމަ ވެސް ކޮސްވި

ދިވެހި ޕޯސްޓް (ޑީޕީ) ގެ ސޯޝަލް މީޑިއާ ގުރޫޕަށް ޖޮއިން ވުމަށް ކުލިކު ކޮއްލައްވާ

ހިކިފައި ހުރިތަން ފެނި ސާރާ އަލީ ހާނުގެ މަންމަ އަދި ކުރީގެ ބަތަލާ އަމްރިތާ ސިންގް ވެސް ކޮސްވި ކަމަށް ސާރާ ބުނެފި އެވެ.
އުމުރުން 25 އަހަރުގެ ސާރާއަކީ ސައިފް އާއި އަމްރިތާގެ ކައިވެންޏަށް ލިބިފައިވާ އެންމެ ދޮށީ ދަރިފުޅެވެ. ސާރާ ބުނީ އޭނާ ކިޔަވަން އެމެރިކާއަށް ދިޔައިރު ބަރުދަނުގައި 96 ކިލޯ ހުރި ކަމަށެވެ. އެކަމަކު އޭނާ ވަނީ ހަތަރު މަހުގެ ތެރޭގައި 30 ކިލޯ ލުއި ކޮށްލާފައެވެ.

ސާރާ ބުނީ އޭނާ ޗުއްޓީއަށް އިންޑިއާއަށް ދިޔައިރު އޭނާގެ މަންމަ ހުރީ އޭނާ ބަލާއި އެއާޕޯޓަށް ގޮސް ކަމަށެވެ. އަދި މަންމައަށް އޭނާ ފާހަގަކުރަން އެނގުނީ އޭނާ ގެންގުޅޭ ފޮށި ފެނުމުން ކަމަށް ސާރާ ބުނެއެވެ.

މިދިޔަ މަހުގެ ތެރޭގައި ސާރާ ވަނީ އޭނާގެ ބައްޕަ ސައިފް އާއެކު ކަރަން ޖޯހަރު ހުށަހަޅާ ކޮފީ ވިތު ކަރަން ޝޯގައި ބައިވެރިވެފައެވެ. އަދި ޝޯގެ ތެރޭގައި ވަނީ ސާރާ ފަލަ އިރުގެ ވީޑިއޯއެއް ދައްކާލާފައެވެ.

ސާރާ ބުނީ، އޭނާ ހިކެން މަސައްކަތް ކުރި ދުވަސްތަކުގައި މަންމައަށް ފޮޓޯއެއް ވެސް ފޮނުވާފައި ނުވާކަމަށެވެ. އެހެންކަމުން ބޮޑު އަދަދެއް ލުއި ކޮށްލުމުން މީހާގެ ސިފައަށް ވެސް ބޮޑު ބަދަލެއް އައި ކަމަށެވެ.

ފިލްމީ ދާއިރާއަށް ވަނުމުގެ ޝައުގުވެރިން އޭނާގެ މަންމައަށް ފާޅުކުރިއިރު ވެސް އޭނާގެ ބަރުދަނުގައި 96 ކިލޯހުރީތީ ބަރުދަން ލުއި ކުރުމުން ނޫނީ އެކަން ނުވާނެ ކަމަށް މަންމަ ބުނި ކަމަށް އޭނާ ބުނެއެވެ.

ސާރާ ބޮލީވުޑަށް ތައާރަފުވެފައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި އަބީޝޭކް ކަޕޫރު ޑައިރެކްޓުކޮށް ނެރުނު ފިލްމު “ކެދާނަތު” އިން ނެވެ. ސުޝާންތު ސިންގް ރާޖުޕުތާއެކު އޭނާ އެފިލްމުގައި ފެނިގެންދާއިރު ގިނަ ބަޔަކަށް ވަނީ ސާރާގެ އެކްޓިން ކަމުގޮސްފައެވެ. ސާރާ ލީޑުން ފެނިގެންދާ ދެވަނަ ފިލްމު “ސިމްބާ” މިމަހުގެ 28 ގައި ނެރޭނެއެވެ. ރޯހިތު ޝެޓީ ޑައިރެކްޓްކޮށް ނެރޭ އެފިލްމުގައި ސާރާ ފެނިގެންދާނީ ރަންވީރު ސިންއާއެކު އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ދިވެހި ޕޯސްޓް ފޭސް ބުކު ޕޭޖަށް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ދިވެހި ޕޯސްޓް އަށް ލިއެފަ މި އީމެއިލްައަށް memdhoom8@gmail.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ދިވެހި ޕޯސްޓް ން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ބަތަލާ ކިއާރާ އަދުވާނީ ރާއްޖޭގައި

ސުވާދީބު

ހޮލީވުޑް 2018: ތަރިން، ފިލްމް އަދި މައްސަލަތައް

ސުވާދީބު

މިރޭ 40 އަށްވުރެ ގިނަ ރިސޯޓުގައި ހަވާ އަރުވާނެ، މާލެ ހުޅުމާލޭ ހަވާ ނާރުވާނެ

ސުވާދީބު
Share